ads
އާލިއާ ބަޓް--
ގަންގުބައި ކަތިއަވަޑީގެ ޝޫޓިން އޮކްޓޯބަރުގައި ފަށަނީ
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގުބައި ކަތިއަވަޑީ" އަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާލަން ޝެޑިއުލް ކުރި ފިލްމެކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ ފިލްމު ވެސް މި ވަނީ މަޑުޖެހިފަ އެވެ.

އާލިއާ ބަޓް ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އޮކްޓޯބަރު މަހު އަލުން ފަށާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ޝޫޓު ކުރާނީ ހަމައެކަނި އާލިއާ ފެނިގެންދާ ސީންތައް ކަމަށް ވެއެވެ. 

ފިލްމުގެ ކޮލިޓީ ދަށްވެދާނެ ކަމެއް ކުރަން ބަންސާލީ ބޭނުން ނުވާ ކަމަށާއި އެހެންވެ ބޮޑެތި ސީންތައް ޝޫޓު ކުރާނީ ފަހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މިހާރު ކުރަމުންދާ މަސައްކަތަކީ ފިލްމުގެ ސެޓު ފައިނަލުކޮށް، ޑިސްއިންފެކްޓު ކުރުމެވެ. މާޗް މަހު ެޝޫޓިން މެދުކަނޑާލުމުން ސެޓު ވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށް ވެއެވެ. 

"ގަންގުބައި ކަތިއަވަޑީ" އަކީ ހުސެން ޒައިދީގެ ފޮތް "މާފިއާ ކުއީންސް އޮފް މުމްބާއީ" ގައި ހިމެނޭ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. 

އެ ފިލްމުގައި އާލިއާ ބަޓް އާއެކު އުޅެނީ ޓީވީ ސީރީޒްތަކުން މަގްބޫލުކަން ހޯދި ޕާތް ސަމްތާން ކަމަށް ވެއެވެ. އެކަމަކު އެކަން އަދި ޔަގީންވެފައެއް ނުވެ އެވެ.

މި ފިލްމުގެ އިތުރުން އާޔަން މުކަރްޖީގެ "ބްރާހްމަސްތްރާ" އިން ރަންބީރް ކަޕޫރާއެކު އާލިއާ ފެނިގެން ދާނެ އެވެ. އޭގެ އިތުރުން އެސްއެސް ރާޖަމުލީގެ "އާރްއާރްއާރް" އަދި ކަރަން ޖޯހަރުގެ "ތަހުތު" އިން ވެސް އާލިއާ ފެންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް