އިންސްޓަގްރާމު މެދުވެރިކޮށް އަޔުޝްމަން އެކަން ހާމަކުރިއިރު އޭނާ ބުނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ނަން ހިމެނުމަކީ ލިބުން ޝަރަފެއް ކަމަށެވެ.
އެގޮތުން އޭނާއަކީ އާޓިސްޓެއްކަމުން އަބަދުވެސް މަސައްކަތް ކުރަނީ ސިނަމާ މެދުވެރިކޮށް މުޖުތަމައަށް ޕޮޒިޓިވް ކަމެއް ގެނެސްދެވޭތޯ ކަމަށް އަޔޫޝްމަން ބުނެ އެވެ. އަދި އޭނާއަކީ މިއަހަރު އެ ލިސްޓުގައި ހިމެނުނު އިންޑިއާގެ ހަމައެެކަނި ފިލްމޫ ތަރި ވެސް މެ އެވެ.
އެ ހަބަރު ހިއްސާކުރުމާއެކު އޭނާގެ ސަޕޯޓަރުން އަންނަނީ މަރުހަބާ ކިޔާއި އެ އުފަލުގައި ބައިވެރިވަމުންނެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ތަރިންގައި އަޔުޝްމަންގެ ނަން ހިމެނުނުއިރު އެ ލިސްޓުގައި އިންޑިއާގެ ބޮޑުވަޒިރު ނަރެންދްރަ މޯދީ ވެސް ހިމެނެ އެވެ. އަދި ސެލީނާ ގޮމޭޒް ފަދަ ތަރިން ވެސް ލިސްޓުގައި ހިމެނެ އެވެ.