ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
ލައިސަސް ނެތް ފަރާތްތަކުން ބޭރުފައިސާ މާރު ނުކުރަން އެމްއެމްއޭއިން އިލްތިމާސްކޮށްފި
ލައިސެންސް ނެތި އަދިވެސް ބޭރު ފައިސާ މާރުކުރާކަން ފާހަގަވެފައިވާތީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.
Advertisement

އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޭރުފައިސާއާބެހޭ ގާނޫނު އަދި މަނީ ޗޭޖިން ވިޔަފާރިއާބެހޭ ގަވާއިދުގައިވާ ގޮތުން، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީގެ ލައިސަންސެއް ލިބިގެން ކަމަށެވެ.

ނަމަވެސް، ލައިސަންސް ނެތި ބައެއް ފަރާތްތަކުން މިފަދަ މުއާމަލާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ. މި ފަރާތްތަކުގެ އަދާހަމަ ލިސްޓު އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އެހެންކަމުން، ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތެއް ހިންގާނަމަ، އެއީ ލައިސަންސް ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށާއި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރަސްމީ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުން ކުށަކަށް ހަދައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 31 ގައި ތަސްދީގުކުރައްވައިފަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ ކުށެކެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތި ނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;