ފުލުހުން ބުނެފައިވަނީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:45 ހާއިރު ކަމަށެވެ.
އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް ލިބުނު އަނިޔާގެ މައުލޫމާތެއް އަދި އެމީހާގެ މައުލޫމާތެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.