ads
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: ރާއްޖެއެމްވީ
މި އަހަރުގެ މިހާތަނަށް 9.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ހަރަދަށް 17 ބިލިއަން
މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، 17 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި މިހާތަނަށް ވަނީ 9.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. 

އެއީ ޓެކްސް އާމްދަނީއިން ލިބުނު 7.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބުނު 1.6 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 571.2 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 

ދައުލަތުން މި އަހަރުގެ މިހާތަނަށް ކޮށްފައިވާ ހަރަދަށް ބަލާއިރު، ޖުމްލަ 17 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެއީ މުސާރައަށް 6.6 ބިލިއަން ރުފިޔާ އާއި އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށް 5.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް އިކުއިޕްމަންޓަށް 201.3 މިލިއަން ރުފިޔާގެ އިތުރުން ލޭންޑް އަދި ބިލްޑިން އަށް 1.5 ބިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 37 ބިލިއަން ރުފިޔާގެ ބަކެޓެކެވެ. މި އަހަރުގެ އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމާ ގުޅިގެން މިހާރު ލިބޭނެ ކަމަށް ބެލެވެނީ އެންމެ ގިނަވެގެންވެސް 15 ބިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް