ads
އުމަރު ނަސީރު--
ޓެގް ޕްރޮޖެކްޓާއި ގުޅިގެން އުމަރު އޭސީސީއަށް ހާޒިރުކޮށްފި
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މިނިސްޓަރުކަމުގައި ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓާއި ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފި އެވެ.
Advertisement

އުމަރު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ގޮތުން އޭސީސީން ވަނީ އެމައްސަލައިގައި އޭނާއާއި ސުވާލުކޮށްފައެވެ. 

އުމަރު ވިދާޅުވީ އެ ޕްރޮޖެކްޓް ގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރެވުނީ ހުޅުވާލެވިފައިވާ ބިޑެއްގައި، އާންމު ކޮށް އިއުލާން ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދިކަމަށާއި، އެކަމާއި ގުޅޭގޮތުން އޮޑިޓް ރިޕޯޓްގައި އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވާކަމަށެވެ. އަދި ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން އޭސީސީއަށް ލިޔެ ލަފައެއް ހޯދުނު ކަމަށާއި، އޭރު އެފަރާތުން އެމައްސަލައިގައި އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. 

ކުށްވެރިންގެ ފައިގާ ޓެގް އެޅުވުމަކީ މިނިސްޓަރު ކަމުގައި ހުންނަވާ ކުރެއްވި އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް މަސައްކަތް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ބުނެފައިވަނީ އެ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ބާރު ގަދަ އެތަށް ބަޔަކު ސިޔާސީ ގޮތުންނާ، ޤާނޫނީ ގޮތުންނާ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށެވެ. 

އުމަރު ވިދާޅުވީ އޭރު އެކަމާއި ގުޅިގެން އަމިއްލަ ފަރާތަކުން އޭސީސިއަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން އަދިވެސް ބަލަމުން އަންނަކަމަށެވެ. އަދި އެކަމުގައި އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. 

"ނަމަވެސް މި މަސައްކަތް ފަށައިގަނެގެން ކުރިއަށް ދަނިކޮށް، ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން މި މައްސަލަ ވަނީ އެއިރު އެންޓިކޮރަޕްޝަން އަށް ހުށަހަޅާ އެ ކޮމިޝަން އިން ބައްލަވާފައެވެ. އަނެއްކާ މިހާރުގެ ކޮމިޝަން އިން ދަނީ މި މައްސަލަ އަލުން ބައްލަވަމުންނެވެ. އަދި އެކަމާ ގުޅިގެން އިއްޔެ ވަނީ އަޅުގަނޑާ ސުވާލުކުރައްވާފައެވެ." އުމަރު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެ އެވެ.

މި މައްސަލަ ނުނިމި އޮންނަތާ މިހާރު ފަސް އަހަރު ފުރިފާވާކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބައްލަވާ ޤާނޫނާ ހިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަކީ އަބަދުވެސް އެދޭ ކަމެއްކަމަށެވެ. 

އެގޮތުން މި މައްސަލައިގައި ވެސް ކުށެއްކޮށްފައިވާ ނަމަ އަދަބު ދެއްވާ، ކުށެއްކޮށްފައި ނުވާނަމަ އެކަން އިއުލާން ކޮށްދެއްވުމަށް އެދޭކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް