އެ ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ. އަރްޖުން ބުނެފައި ވަނީ ފިލްމުގައި އޭނާއާއެކު ފެނިގެންދާ މަނާވް ކައުލް އާއި އަޝްވިން ތެވާރީ ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަރްޖުން ވަނީ ގޭގައި އައިސޮލޭޓްވެގެން ހުރި ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. ބައެއް މީހުން ޕޮޒިޓިވްވުމުން ފިލްމުގެ މަސައްކަތް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.
"ނެއިލް ޕޮލިޝް" އަކީ ބަރްގަވާ ކްރިޝްނާ ޑައިރެކްޓު ކުރާ ކޯޓުރޫމް ޑްރާމާ އެކެވެ. އެ ފިލްމުގައި ފެނިގެން ދަނީ މީހަކު މަރާލި މައްސަލައެއްގެ ޝަރީއަތެވެ.
އެ ފިލްމުގައި އަރްޖުން އުޅޭނީ ސިދް ޖޭސިންގް ނަމަކަށް ކިޔާ ދިފާއީ ވަކީލެއްގެ ރޯލުގަ އެވެ. މި ފިލްމު ގެނެސްދޭނީ ޒީ5 އިންނެވެ. މީގެ ކުރިން "ދަ ފައިނަލް ކޯލް" ސީރީޒް ވެސް އަރްޖުން ވަނީ އެ ޗެނަލް އާއެކު ކުރިއަށް ގެންގޮސްފަ އެވެ.