ބަޔާން މިއުނިކުން ސުޕާކަޕް ކާމިޔާބު ކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ހަވި މާޓިނޭޒް ޖެހި ގޯލުން، ދެ ލަނޑު އެއް ލަނޑުގެ ނަތީޖާއަކުންނެވެ. މިއާއި އެކު ބަޔާނުންވަނީ މި އަހަރުގެ ތެރޭގައި ހަތަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ޗެމްޕިއަންސް ލީގާއި ސުޕާ ކަޕުގެ އިތުރުން ޖަރުމަނު ލީގާއި، ޖަރުމަން ކަޕެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ، ސެވިއްޔާއިންނެވެ. ޕެނަލްޓީ އަކުން ލަނޑު ޖަހައި ސެވިއްޔާއަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ލޫކަސް އޮކަމްޕޯސް އެވެ. ބަޔާނަށް އެއްވަރުކޮށްދީ ލެއޯން ގޮރެޓްޒްކާ އެވެ.