އެޗްއީއޯސީއިން ބުނެފައިވަނީ އެ ދެރަށް މޮނިޓަރިން އަށް ލާފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައިވަނީ "ފާޅު" ބޯޓްގެ ކެޕްޓަން އެވެ.
އަދި ދެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
ހދ. އަތޮޅުގައި މިވަގުތު ކޮވިޑް-19 އެކްޓިވް ކޭސްއެއް އިނީ އެ އަތޮޅު ހިރިމަރަދޫގައި އެކަންޏެވެ.