އިއްޔެ ރާކުލްގެ ބަޔާން ދީފައިވާއިރު، މިއަދު ދީޕިކާ ޕަޑުކޯން އާއި ސާރާ އަލީ ހާން ވެސް އެންސީބީއަށް ހާޒިރު ކުރާނެ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ރާކުލް ބަޔާން ދިނުމުގެ ކުރިން އެންސީބީގެ އޮފިޝަލުން ވަނީ އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށްފަ އެވެ.
ރާކުލްގެ ނަން ފެންމަތިވީ ރިއާ ޗަކްރަބޯޓީ އެންސީބީއަށް ދިން ބަޔާނުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުޝާންތު ސިންގް ރާޖްޕުތުގެ ޕާޓީތަކުގައި ރާކުލް ޑްރަގް ބޭނުން ކުރި ކަމަށް ރިއާ ވަނީ ބުނެފަ އެވެ.
އެންސީބީއަށް ބަޔާން ދިނުމަށް ރާކުލް އައިސްފައި ވަނީ ހައިދަރުއާބާދުގައި ކުރިއަށް ދިޔަ ޝޫޓިން މެދުކަނޑާލުމަށް ފަހުގައި ކަމަށް ވެއެވެ.
އޭގެ އިތުރުން ޓީވީ އެކްޓަރުން ކަމަށްވާ ސަނަމް ޖޯހަރާއި އަބިގައިލް ޕާންޑޭއަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުކޮށްފައި ކަމަށް ވެއެވެ.
އަދި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ ކްޝިތީ ރަވީ ޕްރަސާދަށް ވެސް ތުހުމަތު ކުރެވެ އެވެ. އިއްޔެ އޭނާގެ ގެ ވަނީ ބަލާފާސްކޮށްފަ އެވެ.