ފުރަތަމަ ނެގި ސާމްޕަލް ނެގެޓިވްވި ނަމަވެސް ހަތަރު ދުވަސް ފަހުން އިތުރު ސާމްޕަލްއެއް ޓެސްޓު ކުރަން ފޮނުވާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ އަރްޖުން ކޮވިޑަށް ޓެސްތު ކުރަން ޖެހުނީ "ނެއިލް ޕޮލިޝް" ގައި އެކުގައި މަސައްކަތް ކުރާ މަނާވް ކޯލް އާދި އާނަންދް ތިވާރީ ޕޮޒިޓިވްވުމުންނެވެ.
"ނެއިލް ޕޮލިޝް" އަކީ ބަރްގަވާ ކްރިޝްނާ ޑައިރެކްޓު ކުރާ ކޯޓުރޫމް ޑްރާމާ އެކެވެ. އެ ފިލްމުގައި ފެނިގެން ދަނީ މީހަކު މަރާލި މައްސަލައެއްގެ ޝަރީއަތެވެ.
އެ ފިލްމުގައި އަރްޖުން އުޅޭނީ ސިދް ޖޭސިންގް ނަމަކަށް ކިޔާ ދިފާއީ ވަކީލެއްގެ ރޯލުގަ އެވެ. މި ފިލްމު ގެނެސްދޭނީ ޒީ5 އިންނެވެ. މީގެ ކުރިން "ދަ ފައިނަލް ކޯލް" ސީރީޒް ވެސް އަރްޖުން ވަނީ އެ ޗެނަލް އާއެކު ކުރިއަށް ގެންގޮސްފަ އެވެ.