
ސޮނެވާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް މޯނީ ވަނީ އޭނާގެ 14.5 މިލިއަން ފޮލޯވަރުންނަށް ހިއްސާކޮށްފަ އެވެ.
އެންމެ ފަހުން މޯނީ ރާއްޖެ އައިސްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ފަހަރުވެސް އޭނާގެ މުޅި އިންސްޓަގްރާމު ފީޑުން ފެނިގެންދިޔައީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކެވެ.
ދެހާސް ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް މޯނީގެ އެންމެ ފުރަތަމަ މަސައްކަތަކީ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" އެވެ.
ދެހާސް އަށް ވަނަ އަހަރާއި ހަމައަށް ދިގު ދެމިގެންދިޔަ އެޝޯއަށް ފަހު މޯނީ ވަނީ 2015 ވަނަ އަހަރު ފެށި "ނާގިން" ޝޯގައި ވެސް މަސައްކަތް ކޮށްފައެވެ. އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައީ އެ ހިސާބުންނެވެ. އެއަށް ފަހު ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރްއާއެކު "ގޯލްޑް"ގައި ވެސް މޯނީ މަސައްކަތް ކުރިއިރު ބޮލީވުޑުން ވެސް އޭނާއަށް މިހާރު އަންނަނީ ފުރުސަތުތައް ލިބެމުންނެވެ.