ads
ސުޝާންތާއި ސާރާ-- ފޮޓޯ: އިންޑިއާ ޓީވީ
ސުޝާންތުއާ ރައްޓެހިވެގެން އުޅުނު ކަމަށް ސާރާ އެއްބަސްވެއްޖެ
ބޮލީވުޑުގެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން، ސާރާ އަލީ ހާން އަދި ޝްރައްދާ ކަޕޫރުއާ ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯ (އެންސީބީ) އިން އިއްޔެ ވަނީ ސުވާލުކޮށްފަ އެވެ.
Advertisement

އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކުން ރިޕޯޓު ކުރާ ގޮތުގައި އެންސީބީއަށް ދިން ބަޔާނުގައި ސާރާ ވަނީ ސުޝާންތު ސިންގް ރާޖްޕުތްއާ އޭނާ ރައްޓެހިވެގެން އުޅުނު ކަމަށް އެއްބަސްވެފަ އެވެ. 

އެގޮތުން އެ ދެ މީހުން ރަހުމަތްތެރިކަން ބޮޑުވެ، ލޯތްބަށް ބަދަލުވެފައި ވަނީ ފިލްމެއްގެ ޝޫޓިންގެ ތެރެއިން 2018 ވަނަ އަހަރުގައި ކަމަށް ސާރާ ބުނެފައި ވެއެވެ.

އެ އަހަރުގެ ޑިސެމްބަރު މަހު އެ ދެ މީހުން އެކުގައި ދިރިއުޅުނު ކަމަށާއި ތައިލެންޑަށް ކުރި ޗުއްޓީ ވެސް ހޭދަކުރީ ދެމީހުން އެކުގައި ކަމަށް ސާރާ ވަނީ ބުނެފަ އެވެ. 

ސާރާ ބުނެފައި ވަނީ ސުޝާންތަކީ ދޭތެރެ ދޭތެރެއިން މަސްތުވާތަކެތި ބޭނުން ކުރި މީހެއް ކަމަށެވެ. އެކަމަކު ސާރާ އެކަމުގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުންޏެވެ. 

އޭގެ އިތުރުން ސާރާ ސުޝާންތުއާ ރުޅިވީ އޭނާ މަސްތުވާތަކެތި ބޭނުން ކުރާތީ ނޫން ކަމަށް ވެސް އެންސީބީއަށް ދިން ބަޔާނުގައި ބުނެފައިވާ ކަމަށް ޓައިމްސް ނައުއިން ރިޕޯޓު ކުރެ އެވެ. 

އޭނާ ސުޝާންތުއާ ރުޅިވި ސަބަބެއް ކަމަށް ބުނެފައި ވަނީ ފިލްމީ ކެރިއާއަށް ފޯކަސް ކުރުމެވެ. އަދި އެ ގުޅުން ކަނޑާލުމަށް އެއްވެސް މީހަކު ޕްރެޝާ ނުކުރާ ކަމަށް ވެސް ބުންޏެވެ. 

ސުޝާންތުގެ އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ ޖޫން މަހު އެނާ ދިރިއުޅޭ ގޭގަ އެވެ. އެ މަރުގެ ތަހުގީގުން މަސްތުވާތަކެއްޗާ ގުޅުން ހުރި ކަންކަން ފާހަގަވުމުން އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް ރިއާ ޗަކްރަބަތީ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

އެ ތަހުގީގުގައި ސާރާގެ ނަން ފެންމަތިވީ ރިއާ ދިން ބަޔާނުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ސުޝާންތު ޕަވާނާގައި ދިރިއުޅޭ ގެޔެއްގައި ސާރާ އާއެކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ރިއާ ބުނެފައި ވެއެވެ. 

އެކަމާ ގުޅިގެން ސާރާ ބުނެފައި ވަނީ އެ ގެޔަށް އޭނާ ގޮސް ހަދާ ކަމަށާއި ނަމަވެސް މަސްތުވާ އެއްޗެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. 

ސުޝާންތުގެ އެޕާޓްމަންޓުގައި އޭނާއާއެކު އުޅުނު ސެމުއެލް ހެއޮކިޕް މީގެ ކުރިން ބުނެފައި ވަނީ ސާރާ ސުޝާންތުއާ ރުޅިވެފައި ވަނީ ފިލްމު "ސޮންޗިރިޔާ" ފެއިލްވުމާ އެކު ކަމަށެވެ.

އެ ދެ ކަންތައް އެއް ފަހަރާ ދިމާވުމުން ސުޝާންތަށް ވަރަށް އަސަރު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ. ސުޝާންތުއާ ރައްޓެހިވެގެން އުޅުނު ކަމަށް ސާރާ މީގެ ކުރިން ބުނެފައެއް ނުވެ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް