ads
ފުރާނަ ސަލާމަތްކޮށްދިނުމަށް އެހީތެރިވި މީހާ ފެނިއްޖެ
މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިން ފަރާތް ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާއާ ބައްދަލުވެފައިވާ ކަމަށް އެމީހާ ބުނެފި އެވެ.
Advertisement

އެ ހާދިސާގައި ޒަހަމްވި މ. އަސަލް، އަހްމަދު ޝަމާލުގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އޭނާ ލިޔެފައި ވަނީ ވަޅިން ހަމަލާ ދިނީ އޭނާގެ ކަރަށް ނަމަވެސް، ފަރުވާއަށް ފަހު ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށެވެ. 

"އެއްވެސް ސުވާލެއް ކުރުމެއް ނެތި އަހަރެން ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްދިން މީހާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މިހާރު އޭޑީކޭގައި އޮތް ޝަމާލު ކުރި ޕޯސްޓުގައި ވެއެވެ. 

ފުރާނަ ސަލާމަތް ކުރުމަށް އެހީވެދިން އެ މީހާގެ ނަން އަދި އޭނާއަށް ގުޅޭނެ ގޮތެއް ވެސް ޝަމާލަށް ނޭނގޭ ކަމަށާއި، އެކަމަކު އެމީހާއަށް ގުޅަން ބޭނުންވާ ކަމަށް އެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

ރޭގެ ވަގުތެއްގައި އޭނާ ކުރި ޕޯސްޓުގައި ވަނީ އޭނާއަށް ހަމަލާދީފައިވަނިކޮށް ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްދިން މީހާ ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭޑީކޭގައި އޭނާ މިވަގުތު އޮތްއިރު އެމީހާއާ ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައިވެ އެވެ. 

މ. ތޮއިބާ މިސްކިތް ކައިރިން ބުދަ ދުވަހުގެ ރޭ ޝަމާލަށް ވަޅިން ހަމަލާ ދިނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުއްޓާ އޭނާއާ ދެބެއިންގެ ދެދަރި ފިރިހެނެއް ކަމަށް ވެއެވެ.

އުމުރުން 19 އަހަރުގެ އެ ފިރިހެން މީހާ ޝަމާލަށް ހަމަލާ ދިނީ އާއިލީ ވިޔަފާރިއާ ގުޅިގެން އުފެދުނު މައްސަލައެއްގަ އެވެ. އެމީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

83%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް