ads
ސީޕީ ހަމީދު-- ފޮޓޯ: ރާއްޖެއެމްވީ
ވަޅި ޖެހުމުން އެހީވި މީހާއަކީ ހަގީގީ ބަތަލެއް
ވަޅި ޖެހުމުން ފުރާނަ ސަލާމަތް ކުރުމަށް އެހީވެދިން މީހާއަކީ ހަގީގީ ބަތަލެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އާއްމުންގެ މީހަކު ކުއްލިއަކަށް ނެގި އަވަސް ވިސްނުންތެރި ފިޔަވަޅަކީ އިންސާނިއްޔަތު ކަމުގެ އަމަލެއް ކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ވަޅި ޖެހުމުން ޒަހަމްވި މީހާގެ ފުރާނަ ސަލާމަތް ވެފައިވާތީ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެހީވި މީހާއަކީ ހަގީގީ ބަތަލެއްކަން ފާހަގަކޮށް ހަމީދު ވިދާޅުވީ އެމީހާގެ ވިސްނުންތެރިކަމާއި ހިތްވަރުގަދަ ކަމަށް ސެލިއުޓް ކުރާކަމަށެވެ.

މ. ތޮއިބާ މިސްކިތް ކައިރިން ބުދަ ދުވަހުގެ ރޭ، މ. އަސަލް، އަހްމަދު ޝަމާލަށް ވަޅިން ހަމަލާ ދިނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުއްޓާ އޭނާއާ ދެބެއިންގެ ދެދަރި ފިރިހެނެއް ކަމަށް ވެއެވެ. އުމުރުން 19 އަހަރުގެ އެ ފިރިހެން މީހާ ޝަމާލަށް ހަމަލާ ދިނީ އާއިލީ ވިޔަފާރިއަކާއި ގުޅިގެން އުފެދުނު މައްސަލައެއްގަ އެވެ.

އެ ހާދިސާގައި ޒަހަމްވި ޝަމާލުވަނީ މިމަހުގެ 25 ވަަނަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަޅިން ހަމަލާ ދިނީ އޭނާގެ ކަރަށް ނަމަވެސް، ފަރުވާއަށް ފަހު ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށް ބުނެ، އެއްވެސް ސުވާލެއް ކުރުމެއް ނެތި އޭނަ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްދިން މީހާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި އޭނަ އާއި ބައްދަލުވާން އެދޭކަމަށް ބުނެފައެވެ. 

އަދި ހޮސްޕިޓަލަށް ގެންގޮސްދިން ފަރާތް ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވަނިކޮށް ރޭގެ ވަގުތެއްގައި ޝަމާލުކުރި ޕޯސްޓުގައި ވަނީ އޭނާއަށް ހަމަލާދީފައިވަނިކޮށް ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްދިން މީހާ ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭޑީކޭގައި އޭނާ މިވަގުތު އޮތްއިރު އެމީހާއާ ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް