ads
ޒިކުރާ މިސްކިތް
ޒިކުރާ މިސްކިތް މަސައްކަތް އެސްޖޭއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް
މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް އެޑްވަކަސީ ޗެމްބާސް އިން ބުނެފި އެވެ.
Advertisement

އެކުންފުންޏަަށް އެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ. 

އެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް އެ ދައުވާ އުފުލިއިރު މިރޭ އެޑްވަކަސީ ޗެމްބާސް އިން ނެރުނި ބަޔާނެއްގައި ބުނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އާ ހަވާލުކުރުމުގެ މަރުޙަލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސްކަމެއް ކުންފުނީގެ ފަރާތުން ކޮށްފައިވާކަން އެ ލޯފާމްއަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

އެގޮތުން ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަންއާ 09 ޖުލައި 2018 ގައި ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާގެ ދަށުން ކަމަށާއި އެމާއްދާގައި "ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ޙަވާލުކޮށްގެން އެމަޝްރޫއު ހިންގިދާނެއެވެ." ކަމަށް ބަޔާންކުރާ ކަމަށެވެ. 

ބަޔާނުގައި ބުނީ އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން މި ޕްރޮޖެކްޓާ ހަވާލުވުމުގެ ކުރިން، މިނިސްޓްރީގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބެލި ބެލުމުން، ބިޑް ކުރުމަކާ ނުލައި ޕްރޮޖެކްޓް އެވޯޑްކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން 15 މާޗް 2018 ގައި މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދެންނެވުމުން، ރައީސް އޮފީހުން

އިތުރަށް ބަލަންޖެހޭކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާފައިވާކަމަށާއި ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ދައުލަތަށް އެންމެ ފައިދާހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަން އިން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. 

އަދި އެސް.ޖޭ ކޮންސްޓްރަކްޝަން އަކީ މިނިސްޓްރީ އޮފް ހައުސިންގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓަގަރީގައި އަންލިމިޓެޑްކޮށް ބިޑްކުރެވޭ ގޮތަށް ކެޓަގަރައިޒް ކުރެވިފައިވާ ކުންފުންޏެއްކަމަށާއި އެސް.ޖޭ ކޮންސްޓްރަކްޝަންއަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 200 މިލިއަން ރުފިޔާގެ އަގުހުރި ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާފައި ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވާކަމަަށެވެ.

އެހެންކަމުން މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮޖެކްޓް އެވޯޑްކުރުމަށް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްއަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއިން، މިނިސްޓްރީގައި އެދިފައިވާކަމަށާއި މިނިސްޓްރީގެ ފަރާތުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްއަށް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، 31 މެއި 2018 ވަނަ ދުވަހު ބޭއްވުނު އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ބައްދަލުވުމުގައި ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓް އެސްޖޭ ކޮންސްޓްރަކްޝަން އަށް އެވޯޑްކުރުމަށް ނިންމާފައިވާކަން 3 ޖޫން 2018 ގައި ރައީސް އޮފީހުން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާކަމަށް ވެސް ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު 09 ޖުލައި 2018 ގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީގައި އެ ކަންކަން އެސް.އޭ ކޮންސްޓްރަކްޝަންގެ ފަރާތުން ކަށަވަރުކޮށްފައި އޮތުމުން، އެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތައްކަން ޕްރޮޖެކްޓް އެވޯޑްކުރުމުގެ ކުރީގައި އެސް.ޖޭ ކޮންސްޓްރަކްޝަންއިން ކަށަވަރުކޮށްފައިވާކަން ގަބޫލުކުރާ ކަމަަށް ބުނެ އެވެ. 

އަދި އެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވީނަމަވެސް، ވޭތުވެދިޔަ ސަރުކާރުން އަދި މި ސަރުކާރުންވެސް ބިޑްކުރުމަކާ ނުލައި ސިންގަލް ސޯސްކޮށް ގިނަ ޕްރޮޖެކްޓްތަކެއް އެވޯޑްކޮށްފައިވާއިރު، މި ޕްރޮޖެކްޓްވެސް އެވޯޑްކޮށްފައިވަނީ ސިންގަލްސޯސްކޮށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިންކަން އެލޯފާމްގެ ފަރާތުން ބެލި ބެލުމުން ކަށަވަރުކުރެވިފައިވާ ކަމަަަަަށް ވެސް ބުނެ އެވެ.

ކޮންސްޓްރަކްޝަންގެ ފަރާތުން ގާނޫނާ ހިލާފް ކަންތައްތަކެއް ކޮށްފައިވާކަމަށް ދައްކައި، އެސް.ޖޭ ކޮންސްޓްރަކްޝަންގެ ނަމަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެގޮތުން، ކަމުގެ ހަގީގަތް ހޯދުމަކާނުލައި، އެގޮތަށް ވާހަކަ ނުދެއްކުމަށް ވެސް ކުންފުނިން އެދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް