ރޭގެ މެޗުން ސިޓީ ބަލިވީ ފަސް ލަނޑު ދެ ލަނޑުގެ ނަތީޖާއަކުންނެވެ.
އާދިއްތަ ދުވަހުގެ ރޭ ފަސް ލަނޑު ދެ ލަނޑުން ސިޓީ ބަލިވުން މިއީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ހަޔާތުގައި އޭނާގެ ޓީމެއް ކޮޅަށް ލީގު މެޗެއްގައި ފަސް ލަނޑުވަން ފުރަތަމަ ފަހަރެވެ.
ސިޓީ ކޮޅަށް އޮއްސާލި ލަނޑު ގޯންޏާއި އެކު ލެސްޓަ މިވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ޓޭބަލްގެ އެއްވަނައަށް އަރާފައެވެ. ރޭގެ މެޗުގައި ލެސްޓަގެ ވާޑީވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ދެ ލަނޑު ޖެހީ ޖޭމްސް މެޑިސަން އަދި ޔޫރީ ޓީލަމެންސްއެވެ.