ads
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ޖޭއެސްސީ
އަށް އަތޮޅެއްގެ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަށް އަތޮޅެއްގެ ޖުޑީޝަލްދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝިލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން މިއަދު ހުޅުވާލައިފި އެވެ.
Advertisement

އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ގދ. ޖުޑީޝަލް ދާއިރާއާ، ގއ. ޖުޑީޝަލް ދާއިރާއާ، ވ. ޖުޑީޝަލް ދާއިރާއާ، ބ. ޖުޑީޝަލް ދާއިރާއާ، ނ. ޖުޑީޝަލް ދާއިރާއާ، ށ. ޖުޑީޝަލް ދާއިރާއާ، ހދ. ޖުޑީޝަލް ދާއިރާ އަދި ހއ. ޖުޑީޝަލް ދާއިރާ ގެ އިސް މެޖިސްޓްރޭޓު ކަމަށެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް  އޮންނާނެ ކަމަށެވެ. އެ މާގްމަށް ކުރިމަތި ލެވޭނީ އެ ރަށެއްގެ ޖުޑީޝިއަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްްޓްރޭންޓުންނަށް އެކަންޏެވެ.

އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލުމަށް ބޭނުންވާ ފަރާތްތަކުން އޮކްޓޯބަރު ހަވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ސިޓީއަކުން ކޮމިޝަންގެ ރަސްމީ އީމެއިލްއަށް ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެކަމަށް ބުނެފައިވެއެވެ. 

ޖޭއެސްސީން ބުނީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށެވެ.

އެ މަގާމަށް ކުރިމަތިލައްވާ ފަރާތަކީ އެ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު މިހާރުވެސް ކުރަމުން ގެންދާ ފަރާތަކަށްވާން ޖެހޭނެކަމަށް ޖޭއެސްސީން ބުނެއެވެ.

އިސް މެޖިސްޓްރޭޓް މަގާމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިން އެލަވެންސްއާއި އެކު 27،950 ރުފިޔާ ލިބޭނެ އެވެ. އަދި މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1,500 ރުފިޔާ ލިބޭނެ އެވެ.

މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލަނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށެވެ. އަދި އެ އެލަވަންސް އަކީ ހަމައެކަނި މެޖިސްޓްރޭޓުންނަށް ހާއްސަ އެލެވަންސެކެވެ.

އަދި މީގެ އިތުރުން ޖޭއެސްސީން ވަނީ މިއަދު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށޤ ކުރިމަތި ލުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް