އެ ކުންފުނީގެ އިއުލާނުގައި ވަނީ މި ވަގުތު ހުރި ބަދިގެ ސާމާނުގެ ސްޓޮކް ހުސްކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެ ސްޓޮކް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުމާލޭގައި ހުންނަ މޯލްޑިވް ގޭސްގެ ޔުނިޓުގައި މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް މާދަމާ އޮންނާނެ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެތަނަށް ގޮސް މައުލޫމާތު ސާފު ކުރަން ޖެހޭއިރު ސްޓޮކްގައި ހިމެނޭ ތަކެތީގެ ލިސްޓު އެ ބައްދަލުވުމުގައި ހިއްސާ ކުރާނެ އެވެ.
އެ ސްޓޮކް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަގު ހުށަހަޅަން ޖެހެނީ އޮކްޓޯބަރު 8 ގެ ކުރިންނެވެ.