ކުވައިތްގެ އަމީރު ސަބާހް އަވަހާރަވި އިރު އުމުރުފުޅަކީ 91 އަހަރެވެ.
މެދު އިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގައި އަމީރު ސަބާހް ފާހަގަކުރެވެ އެވެ. އެމަނިކުފާނުގެ އާލާސްކަންފުޅުގެ ސަބަބުން ކުވައިތްގެ ވެރިކަން މިހާރު ކުރައްވަމުންގެންދަވަނީ ކްރައުން ޕްރިންސް ޝެއިހް ނަވާފް އަލް އަހުމަދެވެ.
އާލަސްކަންފުޅުގެ ސަބަބުން އަމީރު ސަބާހް ވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އޮޕަރޭޝަނެއްވެސް ކުރައްވާފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން އަމީރުގެ ހާލާއި ގުޅޭގޮތުން ވަކި އެއްޗެއް ކުވައިތް ސަރުކާރުން ހާމަކޮށްފައި ނުވާކަމަށް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އަމީރު ސަބާހް ކުވައިތްގެ އަމީރުކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވަނީ އެގައުމުގެ ފޮރިން މިނިސްޓަރުކަން 40 އަށްވުރެއް ގިނަ އަހަރު ކުރައްވާފައެވެ.