ads
(އެމް.އާރް.ޑީ.ސީ)--ފޮޓޯ:ފޯސްކްއާ
އެމްއާރްޑީސީގެ ހަތަރު ބޯޑު މެމްބަރެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
ކުރީ ސަރުކާރުން އުފެއްދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ހަތަރު ބޯޑް މެމްބަރުންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެމްއާރްޑީސީއަކީ މިސަރުކާރުން އުވާލ؛ާފައިވާ ކުންފުންޏެކެވެ. އޭސީސީން ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމާއި މުހައްމަދު ރިޔާއާއި އަހްމަދު ރަޝީދު އަދި މުހައްމަދު އަލީދީދީ ގެ މައްޗަށެވެ.

އެފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށް އެ ފަރާތްތަކުގެ މައްޗަށް ތަހުގީގުން ސާބިތުވާތީ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ. 

އޭސީސީން ބުނީ އެމްއާރްޑީސީ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިން ކްރާފްޓް ގަންނަ ޖުމްލަ އަގުގެ 50 އިންސައްތައަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ހަތަރު ބޯޑު މެމްބަރުންނަށް އެނގިހުރެކަމަށެވެ.

އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗާ އެޕްރޫވްކުރީވެސް އޭނާގެ އެ އަމަލުގެ ނަތީޖާ އެނގިހުރެ، މަގާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަހްގީގަށް ސާބިތުކުރެވޭ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، އެ މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަހްގީީގްކުރި ޓީމުން އެދުމުން އެ މައްސަލައިގެ ތަހްގީގް ފުރިހަމަކުރުމަށް 01 މާރިޗު 2020 ގައި އިންވެސްޓިގޭޝަން ޓީމާ އަލުން ހަވާލު ކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް