ads
ފިނޭންސް މިނިސްޓްރީ--
ފާއިތުވި ހަފްތާގައި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ފާއިތުވި ހަފްތާގައި 6.9 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުގައިވާ ގޮތުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރުމަށް ނިމުނު ހަފްތާގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް 6.9 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

އެއާއެކު ކޮވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރި ޖުމްލަ އަދަދު ވަނީ 96.7 މިލިއަނަށް އަރާފަ އެވެ. 

އޭގެ އިތުރުން ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށް 900 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުގެ ޑިސްކައުންޓުގެ ގޮތުގައި 17 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ސެޕްޓެމްބަރު 24 ގެ ނިޔަލަށް ކޮވިޑް-19 އިގްތިސޯދީ ރިލީފް ޕެކޭޖުތަކަށް 1.01 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 0.7 ޕަސަންޓުގެ އިތުރުވުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް