ads
ހއ. ދިއްދޫ--
ހއ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ހިދުމަތް ދޭން ފަށައިފި
ވާހަކަ ދެއްކުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސްޕީޗް ތެރަޕީގެ ހިދުމަތް ހއ. އަތޮޅު ހޮސްޕިޓަލުގައި ދޭން ފަށައިފިއެވެ.
Advertisement

މިއީ އަތޮޅުތެރޭގައި މިފަދަ ހިދުމަތެއް ފެށި ތިންވަނަ ފަހަރެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއީ ސަރުކާރުން އެ ހޮސްޕިޓަލްގައި ފެށި ހިދުމަތެއް ކަމަށާއި، މި ހިދުމަތް ފެށުމަށް ހެލްތް މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. 

ހޮސްޕިޓަލަށް ތެރަޕިސްޓެއް ހޯދުމުގައި ހއ. ދިއްދޫ ދިއްގާ ފައުންޑޭޝަންގެ އެހީތެރިކަން ވެސް ލިބުނު ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މި ހިދުމަތް ފެށުމާއެކު ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ދުވަހު 30 އަށް ވުރެ ގިނަ ފަރާތުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މި ހިދުމަތް ލިބޭނެއެވެ. ހޮސްޕިޓަލުން އިތުރަށް ބުނީ މި ހިދުމަތް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހާއްސަވެފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް ސްޕީޗް ތެރަޕީގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް