ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި އެ ފުލުސް މީހާގެ ނަމަކީ، މުހައްމަދު ސާޖިދުއެވެ. އޭނާއަކީ ގދ. ތިނަދޫ މީހެކެވެ.
މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅުމުން، ވިހި ދުވަހަށް އަލުން އޭނާ ހައްޔަރުކޮށްފައިވަނިކޮށް، އޭނާގެ ބަންދު މައްސަލަ މިހާރުވަނީ ސުޕްރީމް ކޯޓުގައެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، އެ ފުލުސް މީހާއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތް ކަނޑަނާޅައެވެ.