ads
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފި--
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފި
ދިރާގުގެ މޮބައިލް ޕްރީޕެއިޑް ޕެކޭޖުތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފި އެވެ.

އެ ބަދަލުތައް ތައާރަފު ކުރީ ރޭ ދިރާގުން ބޭއްވި ވާޗުއަލް އިވެންޓެއްގަ އެވެ. އެ އިވެންޓު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާފަ އެވެ. 

ދިރާގުން ބުނީ ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކޮށް ވޮއިސް އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްނޯ ޕްލޭނުން އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ. 

އޭގެ އިތުރުން ހިލޭ އަޕްގްރޭޑްތަކާއެކު ހިލޭ "ޕާކްސް" ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެ "ޕާކްސް" ގެ ސަބަބުން ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތް ބޭނުން ކުރަން އެޑް-އޮންސް ގަންނާކަށް ނުޖެހޭނެ އެވެ.

ދިރަގުން ބުނީ "ޕާކްސް" ތައާރަފް ކުރީ ސޯޝަލް މީޑިއާ އަދި ސްޓްރީމިން ފަދަ ހިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކަމަށެވެ. 

އޭގެ އިތުރުން ވެސް އެ ކުންފުނިން އަންނަނީ އިތުރު ކަސްޓަމަރުންގެ ސެގްމެންޓުތަކަށް ބޭނުންވާ ފަދަ ހިދުމަތްތަކުން ގިނަ ޕާކްސް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ. 

އަލަށް ތައާރަފު ކުރި ކޮމްބޯ ޕްލޭންސްއާ ގުޅިގެން ދިރާގު ކޮންސިއުމާ މާކެޓް މެނޭޖަރު އައިޝަތް އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. 

އެގޮތުން ދިރާގު ޕްރީޕެއިޑް ހިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ހިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނީ ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށްގެންނެވެ. 

ޕްރީޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައި މި ވަނީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް އަދި ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭތްކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ. 

ދިރާގުން ބުނީ މި ބަދަލުތައް ގެންނަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް