ads
ޖޭއެސްސީ --
އިސްމެޖިސްޓްރޭޓް އަލީ ޝަރީފްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވޭ: ޖޭއެސްސީ
ލ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފުއާ ބެހޭގޮތުން ތަހްގީގްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި އެވެ.

އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލައެއް މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ތަހުގީގުކުރަން ފެށީ އަމިއްލަ މަސްލަހަތު ފުށުއަރާ ގަޒިއްޔާއެއް ހިންގުމުގައި ބައިވެރިވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ)ގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްނަގައިން މައްސަލަ ބަލަން ފެށިިއިރު އެކަމާއި ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް، އަމިއްލަ މަސްލަހަތު ފުށުއަރާ ގަޒިއްޔާއެއް ހިންގުމުގައި ބައިވެރިވިކަމަށް އެ މައްސަލައިގެ ތަހްގީގަށް ސާބިތުނުވާކަމަށެވެ.

އެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 66 ވަނަ ބައްދަލުވުމުގަ އެވެ.

އޭގެ އިތުރުން ވެސް ފަނޑިޔާރުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް