ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދާ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނައިރު ރީޖަނަލް އެއާޕޯޓްތައް ހިންގުމަށް ވަކި ހާއްސަ ކުންފުންޏެއް ނެތެވެ. އާ ކުންފުޏެއް ރައީސް ސޯލިހު އުފައްދަވާފައި ވަނީ މިވަނީ އެހެންވެ އެެވެ.