ads
ޖޭއެސްސީން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޖޭއެސްސީ
އޭދަފުށީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި
ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބަލަމުން ގެންދަނިކޮށް، އެމެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، އެ ދެ މައްސަލަ ބެލުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރު ހަވާލުވެފައިވާކަމަށެވެ.

އެކަމުގައި ފަނޑިޔާރުގެ ސުލޫކަށް އަސަރު ކޮށްފާނެފަދަ ކަންތައްތަކެއް ފާހަގަކުރެވޭކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެހެންކަމުން އެ މައްސަލަ ތަހްގީގްކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދެއެއެވެ.

އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް