ads
ފޮޓޯ: އެޗްއީއޯސީ
އެދެނީ އިމްތިހާނު ހަދާއިރު ދަރިވަރުން މާސްކް އަޅައިގެން ތިބުމަށް: އެޑިއުކޭޝަން މިނިސްޓްރީ
އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާން ހަދާއިރު މާސްކް އަޅައިގެން ތިބުމަކީ އެދެވޭކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހެލްތް އިމަޖެންސީ އޮރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، އެންމެ ރައްކާތެރިގޮތަކީ އިމްތިހާން ހަދާއިރު ހުރިހާ ދަރިވަރުންވެސް މާސްކް އަޅައިގެން ތިބުން ކަމަށެވެ.

އަދި ކުޑަ ސެނެޓައިޒާ ފުޅިއެއް ކުދިންނާއި އެކު ގެންދިއުމަށް އެދޭކަމަށް ވެސް ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ގެންދާ ސެނެޓައިޒް ފުޅީގައި އެކުދިންގެ އިމްތިހާން ކެނޑިޑޭޓް ނަމްބަރު ޖަހާފައި ހުންނަންވާނެ ކަމަށެވެ.  

މީގެ އިތުރުން އިހުސާން ވިދާޅުވީ އިމްތިހާން ހަދާ މަރުކަޒުގައި ތިއްބަވާ ޗީފް އިންވިޖިލޭޓަރުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ތިބި ކަމުގައިވީނަމަވެސް ސުވާލު ކަރުދާސް ދަރިވަރުންނަށް ދިނުމަށްފަހު އިމްތިހާން ނިމެންދެން ހުރިހާ ކަމެއް ވެސް އިމްތިހާން މަރުކަޒުގައި ހިނގާނީ ހަމަ ކުރިންވެސް ހިނގަމުން އަންނަ ގޮތަށް ކަމަށެވެ. އަދި ދަރިވަރުންނަށް ހަމަޖެހިލައިގެން އިމްތިހާން ހެދޭނެ ކަމަށް ވިދާޅުވި އެވެ. 

އިމްތިހާން ހަދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން އިހުސާން ފާހަގަކުރެއްވި އެވެ. އިހުސާން ވިދާޅުވީ، އިމްތިހާން ހަދާ ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށެވެ. އަދި އިމްތިހާން ހަދާ ދަރިވަރުންނަށް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަކަށް މުޅި މުޖުތަމައު މިވަގުތު ތިބުން މުހިންމު ކަމަށް އިހުސާން ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް