ads
ކޮވިޑް ހުއްޓުވާނީ އަހަރެން: ފޮޓޯ އަދި ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖޭގެ މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕެއިންގެ ފޮޓޯ އަދި ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" މީޑިއާ ކެމްޕެއިންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އޮކްޓޯބަރު 10 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ. 

އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. 

ވީޑިއޯ އަދި ފޮޓޯ މުބާރާތުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެ ވަނަ ވީޑިއޯ އަށް 15،000ރުފިޔާ، ދެ ވަނަ ވީޑިއޯ އަށް 10،000 ރުފިޔާ އަދި ތިން ވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އެއް ވަނަ ފޮޓޯ އަށް 10،000 ރުފިޔާ، ދެ ވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި ތިން ވަނަ ފޮޓޯ އަށް 3،000 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. ވަނަ ވަނައަށް ދާނީ މުބާރާތް ނިމޭއިރު އެންމެ ގިނަ ޝެއާ ލިބިފައިވާ ވީޑިއޯ އަދި ފޮޓޮއެވެ.

ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި، ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ވީޑިއޯތައް ހުންނަންވާނީ އެމްޕީ4 ފޯމެޓަށް ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. 

މީގެ އިތުރުން ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، ސާފުވާން ވާނެކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ތަކެތި ފޮނުވަން ޖެހެނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް