ads
އިސްލާމިކް މިނިސްޓްރީން ބާއްވާ 'މަޢުރިފާ' ފޮތް މައުރަޒުގެ ތެރެއިން
'މަޢުރިފާ' ފޮތް މައުރަޒު، ބައިވެރިވާން ހުޅުވާލައިފި
'މަޢުރިފާ' ފޮތް މައުރަޒު، ބައިވެރިވާން ހުޅުވާލައިފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބާއްވާ މި ފޮތް މަޢުރަޒު އޮންނާނީ މި މަހު 26 އިން 28 އެވެ. 

މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

'ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަގުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުންކަމަށް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް