މީޑިއާ ކައުންސިލުން ބުނީ "އިންސާނީ ވަގުފާރިއާއި ގުޅޭގޮތުން މީޑިއާ ހޭލުންތެރިކުރުން" އެ މައުލޫއަށް މީޑިއާތަކަށް ހާއްސަކޮށްގެން ބާއްވާ އެ ވެބިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނެއް އޮކްޓޯބަރު ވާ ހޮނިހިރު ދުވަހުގެ 13:00 ން 16:30 އަށް އޮންލައިންކޮށް ކަމަށެވެ.
މީޑިއާތަކުން އެ ވެބިނާގައި ބައިވެރިވާނެ ބޭފުޅުންގެ ނަމާއި އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު، 02 އޮކްޓޯބަރުގެ 20:00 ކުރިން އެ ކައުންސިލުގެ ނަމްބަރު 7967919 އަށް ފޮނުވުމަށް މީޑިއާ ކައުންސިލުން އެދިފައިވެއެވެ.
އަދި އެކަމާއި ގުޅޭ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ބުނެފައިވެއެވެ.
އެ ވެބިނާގައި ހިއުމަން ޓްރެފިކިން އަދި ސްމަގްލިންއާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
އަދި ވެބިނާގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެއެވެ.