ads
ހޮންގްކޮންގްގައި މީގެ ކުރިން ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރަނީ--
ޗައިނާއިން ހޮންގްކޮންގްގެ 12 އެކްޓިވިސްޓަކު ކަނޑުމަތިން ހައްޔަރު ކޮށްފި
ޗައިނާއިން ހޮންގްކޮންގްގެ 12 އެކްޓިވިސްޓަކު ކަނޑުމަތިން ހައްޔަރު ކޮށްފި އެވެ.

ބައިނަލްއަގްވާމީ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 16 އަހަރާއި 33 އަހަރާއި ދެމެދުގެ ހޮންގްކޮންގްގެ އެކްޓިވިސްޓުން ކަނޑުމަތިން، ޗައިނާގެ އިދާރަތަކުން ހައްޔަރުކޮށްފައިވަނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. 

އެމީހުން ހައްޔަރުކޮށްފައިވަނީ ހޮންގްކޮންގް ދޫކޮށް ޓައިވާނަށް ފިލަން އުޅުމުގެ ތެރޭގަ އެވެ. 

ހޮންގްކޮންގްގެ މި 12 އެކްޓިވިސްޓުން ޗައިނާގައި ހައްޔަރުކޮށްފައި ތިބި އިރު އެމީހުންގެ މައްޗަށް އަދި އެއްވެސް ދައުވާއެއް ނުއުފުލާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމީހުންގެ އާއިލާތަކުން އަންނަނީ އެމީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. 

އާއިލާތަކުން ބުނެފައިވާ ގޮތުގައި އެ 12 މީހުންނަށް ހަމަޖެއްސި ވަކީލުންނަށް އެމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ޗައިނާގެ އިދާރާތަކުން ދީފަ އެއް ނުވެ އެވެ. 

ޗައިނާގެ ބައެއްގެ ގޮތުގައި ހޮންގްކޮންގް އޮތް ކަމުގައި ވީނަމަވެސް ވަކި މިނިވަން ދައުލަތެއް އުފެއްދުމަށް ހޮންގްކޮންގެ ރައްޔިތުން ވަނީ ޗައިނާއާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އަދި ޗައިނާއިން ހޮންގްކޮންގްގެ ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހެދުމަށް މަސައްކަތްކުރާ ގާނޫނުތަކާއި ދެކޮޅަށް ވެސް ވަނީ މުޒާހަރާ ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް