ފުލުހުން ބުނީ އަބަދަށްފެހި މަގުގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އެގޮތުން މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުނެ އެވެ.
ބިދޭސީ އެމީހާ މަސްތުވެގެން ހުއްޓާ ފެނިގެންދާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މީގެ ކުރިން ވެސް މަސްތުގެ ހާލަތުގައި ހުރެގެން މީހުން މަގުމަތީގައި އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދެ އެވެ.