ads
ގެއްލުނު ކަމަށް ބުނާ ކުއްޖާ، އޭނާގެ މަންމަ ކަމަށް ބުނާ މީހާއާއެކު--
ސުނާމީގައި ގެއްލުނު ދަރި ފެނުނުކަމަށް ބުނާތީ ފުލުހުން ތަހުގީގުކުރަނީ
މީގެ 16 އަހަރުކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި ގެއްލުނު ދަރިފުޅު ފެނިފައިވާ ކަމަށް ސްރީލަންކާގެ އަންހެނަކު ބުނާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން އުޅޭ ފިރިހެން ކުއްޖާގެ މަންމައަކީ ތިމަންނާ ކަމަށް ބުނެ އެހެން އަންހެނަކު އެ އިދާރާއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. 

އެން. އިންޝަން ނަމަކަށް ކިޔާ އަންހެނަކު މިވަނީ އެ ފިރިހެން ކުއްޖާއަކީ އޭނާގެ ފިރިހެން ދަރިފުޅުކަން ސާބިތުކޮށްދެވޭނެ ލިޔެކިޔުންތައް އެބަ ހުރި ކަމަށް ބުނެފަ އެވެ. 

އެކަމަކު މީގެ ދުވަސްތަކެއް ކުރިން އަބޫސާލީ ސިތީ ނަމަކަށް ކިޔާ އަންހެނަކު ވަނީ އުމުރުން ފަސް އަހަރުގައި ގެއްލުނު އޭނާގެ ފިރިހެން ދަރިފުޅު 16 އަހަރު ފަހުން ފެނިފައިވާ ކަމަށް ބުނެފަ އެވެ. 

އަބޫސާލީ ބުނީ އޭނާގެ ދަރިފުޅު ގެއްލުމުން އެކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާކޮށްފައިވާ ކަމަށެވެ. އަދި ފަހުން، ހޮސްޕިޓަލަކުން ދަރިފުޅު ފެނުން ހަބަރު ލިބިގެން އެތަނަށް ވެސް ދިޔަ ކަމަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ތެރޭގައި ސްކޫލަކުން ދަރި ފެނުނު ހަބަރު އިވިގެން އެތަނަށް ވެސް ދިޔަ ކަމަށާއި އެކަމަކު ސްކޫލުގެ އިސްވެރިން އޭނާއާއި ދަރިފުޅު ބައްދަލުވިޔަދީފައި ނުވާ ކަމަށް ބުނެ އެވެ. 

އެގޮތުން ފަހުން ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށް ބުނެ ކުއްޖާއާ ބައްދަލުކުރި އެވެ. އަދި ކުއްޖާގެ ގައިގައިވާ އުފަން ލަށްތަކެއްގެ ވާހަކަ އަންހެން މީހާ ހިއްސާކުރުމާއެކު އެއީ މަންމަ ކަމަށް ގަބޫލުކުރެވި މަންމައާ ބައްދަލުވުމުން އުފާކުރާ ކަމަށް ކުއްޖާ ލަންކާގެ ނޫހަކަށް ބުނެ އެވެ. 

އެކަމަކު ކުއްޖާ ބަލާއި ބޮޑުކުރި އަންހެން މީހާ، އެއީ އޭނާގެ ދަރިއެއް ކަމަށް ބުނެ ފުލުހުންނަށް ޝަކުވާ ހުށަހެޅުމާއެކު އެކުއްޖާއަށް ވެސް މިވަނީ އޭނާގެ މަންމަކަމަށް ގަބޫލުކުރާނީ ކާކުތޯ ނިންމަން އުނދަގޫވެފަ އެވެ. އަދި އެކުއްޖާގެ އަސްލު މަންމައަކީ ކޮބާތޯ ބަލައިދޭން ކަމާއި ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް ބުނެ އެެވެ. 

އެހެންވެ އުމުރުން މިހާރު 21 އަހަރުގެ އެ ފިރިހެންގެ މަންމައަކީ ކާކުތޯ ބަލަން ޑީއެންއޭ ޓެސްޓްތަކެއް ހަދަން ފުލުހުން ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ.  

20%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް