ads
ސްކޫލް ދަރިވަރުންތަކެއް--
ގުރްއާން ކުލާސްތަކާއި ޕްރީސްކޫލުތަކުން އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑް-19 ގެ ސަބަބުން ދަތިތައް ދިމާވެފައިވާ ގުރުއާން ކްލާސްތަކާއި އަމިއްލަ އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ގުރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް އެހީވުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެހީއަށް އެދި ހުށަހެޅި ފަރާތްތައް މަދު ކަމަށާއި ބައެއް ހުށަހެޅުންތަކާއެކުު ބޭނުންވާ ލިޔުންތައް ނެތް ކަމަށެވެ. 

ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނަމަ އަދި އިތުރު ލިޔުންތައް ބޭނުންވާ ނަމަ އެކަން އީމެއިލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އިތުރު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ވަނީ އޮކްޓޯބަރު 8 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.

އިއުލާނުގައިވާ ގޮތުން މުއްދަތު އިތުރު ކުރި ނަމަވެސް ކުރިން ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމް ބާތިލެއް ނުވާނެ އެވެ. ނަމަވެސް ސުންގަޑީގެ ފަހުން އަންނަ ލިޔުންތައް ބާތިލްވާނެ ކަމަށް ބުނެފައި ވެއެވެ. 

ޒަކާތު ފަންޑުން އެހީ ލިބޭނެ ގުރްއާން ކްލާސްތަކާއި ޕްރީސްކޫލުތަކުގެ ޝަރުތުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަނަކަށްވުން ހިމެނެ އެވެ.

އޭގެ އިތުރު ފައިސާގެ އެހީ ލިބޭނެ ތަންތަން ކަނޑައެޅުމަށް މާކްސް ދޭނެ ހާއްސަ އުސޫލެއް ވަނީ ހަދާފަ އެވެ. ޒަކާތު ފަންޑުން ކަނޑައެޅި 1.5 މިލިއަން ރުފިޔާގެ ތެރެއިން ފަސްލައްކަ ކަނޑައަޅާފައި ވަނީ ގުރްއާން ކުލާސްތަކަށެވެ. އަދި ބާކީ އެއް މިލިއަން ދޭނީ ޕްރީސްކޫލުތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް