ads
ކިމް އަދި ޓްރަމްޕް-- ފޮޓޯ: އޭޕީ
ކިމްގެ ހަމްދަރުދީގެ މެސެޖެއް ޓްރަމްޕަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕަށް ކޮވިޑް-19 ޖެހިވަޑައިގެންނެވުމުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި ކިމް ފޮނުއްވި މެސެޖުގައި ވަނީ ޓްރަމްޕްގެ ދެކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ. 

ޓްރަމްޕާއި މެލާނިއަށް ކޮވިޑަށް ޕޮޒިޓިވްކަން އިއުލާނު ކުރީ ހުކުރު ދުވަހު އެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ވަނީ އެ ދެކަނބަލުންނަށް ހަމްދަރުދީގެ މެސެޖު ފޮނުއްވާފަ އެވެ. 

މީގެ ކުރިން ޓްރަމްޕާއި ކިމް ވަނީ ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ. އެމެރިކާއާ ހަމައަށް ނިއުކުލިއަ ހަމަލާ ފޯރުކޮށްދެވޭވަރުގެ ހަތިޔާރު އުތުރު ކޮރެއާއިން 2017 ވަނަ އަހަރު ޓެސްޓު ކުރި މައްސަލާގައި ޓްރަމްޕް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

އެގޮތުން ކިމް އަކީ "ކުޑަ ރޮކެޓް މީހެއް" ކަމަށް ޓްރަމްޕް ވިދާޅުވި އިރު ކިމް ވިދާޅުދީ "އަލިފާނުގެ ހަމަލާތަކުން ސިކުނޑި ގޯސްވެފައިވާ އެމެރިކާ މައިތިރި ކުރެވޭނެ" ކަމަށެވެ. 

ނަމަވެސް 2018 ވަނަ އަހަރު އެ ދެ ލީޑަރުންގެ ގުޅުން ބަދަހިވެ، ރަހުމަތްތެރިކަން އުފެދިފައި ވަނީ މަޝްވަރާއަށް ކިމް ދައުވަތެއް ފޮނުއްވުމުންނެވެ. އޭގެ ފަހުން 2018 އިން 2019 އަށް އެ ދެ ލީޑަރުން ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލުކުރައްވާފަ އެވެ. 

އެމެރިކާގައި ހަތް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، އުތުރު ކޮރެއާއިން ބުނަނީ އެގައުމުގެ އެއްވެސް މީހަކަށް އަދި މި ބަލި ނުޖެހޭ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް