ads
ފޮޓޯ: ފުލުހުން
އައްޑޫ އިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި މެރައިން ޕޮލިސް ގުޅިގެން އައްޑޫސިޓީގައި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެކަމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހިއްސާކޮށްފައި ނުވާއިރު އެ އޮޕަރޭޝަން ނިމުމުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފަައިވެ އެވެ.

ފުލުހުން ދަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އޮޕަރޭޝަންތަކެއް އެންމެ ފަހުން ފުލުހުން ހިންގާފައިވަނީ ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ތ. ދިޔަމިނގިލިގެ އިތުރުން ގދ. ތިނަދޫގައެވެ. 

އެ އޮޕަރޭޝަންގައި އެ ހަތަރު ރަށުން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް