ޔުނިސެފްއިން ކުރިއަށް ގެންދާ ކެމްޕޭން "އެންޑިން ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން" ގެ ސެލެބްރިޓީ އެޑްވޮކޭޓުގެ ގޮތުގައި ދާދި ފަހު ވަނީ އަޔުޝްމަން ހަމަޖައްސާފަ އެވެ.
ޔުނިސެފްގެ އެމްބެސަޑަރެއްގެ ގޮތުގައި އޭނާގެ ރޯލަކީ ކުޑަކުދިންގެ ހައްގުތައް ކުރިއަރުވާ، ހޭލުންތެރިކަން އިތުރު ކުރުވުން ކަމަށް އަޔުޝްމަން ވަނީ ބުނެފަ އެވެ.
އެގޮތުން އަޔުޝްމަން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން އަޔުޝްމަން ވަނީ މި ފަހުން އިންޑިއާގައި ހިނގި ގޭންގްރޭޕާއި މަރުގެ މައްސަލަތަކާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.