ads
ފޮޓޯ: ރޮއިޓާޒް
ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަނީ
އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ އިޒްރޭލުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ.

މުޒާހަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލިހުން އެއްވުންތައް މަދުކުރުމަށް ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ.

އިޒްރޭލުގެ ސިޓީތަކުގައި މުޒާހަރާތައް ކުރިޔަށް ދާއިރު ހާހަކަށްވުރެ ގިނަ ބަޔަކު ވަނީ ތެލް އަވީވްގެ މަގުތަކަށް އެއްވެ މުޒާހަރާ ކޮށްފައެވެ. އެގޮތުން ތެލް އަވީވްގައި ކުރިއަށްދިޔަ މުޒާހަރާގައި އާންމުންގެ ބަޔަކާއި ފުލުހުންނާއި ދެމެދު ވަނީ ކުރިމަތިލުމެއް ހިނގައިފައެވެ. މި ކުރިމަތިލުންތަކުގައި 15 އާއި 20 އާއި ދެމެދުގެ ބަޔަކު ފުލުހުން ހައްޔަރުކުރިކަމަށް ބޭރު މީޑީއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލިހުން އެޅި ފިޔަވަޅުގައިވާ ގޮތުން އިޒްރޭލުގެ އާންމުން ދިރިއުޅޭ ސަރަހައްދުން އެއް ކިލޯމީޓަރަށްވުރެ ދުރުގައި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އިޒްރޭލުގެ ސަރުކާރުން ބުނަނީ މިއީ ކޮވިޑް-19 ގެ ކޭސްތައް މަދުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އިޒްރޭލުގެ ވިޔަފާރިތަކުގެ ދޮރުތައްވަނީ މުޅިންހެން ބަންދުވެފައެވެ. އިޒްރޭލު ސަރުކާރުގެ މި ފިޔަވަޅުތަކަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އިޒްރޭލުގެ އިދިކޮޅު ފަރާތްތަކާއި ގިނަ ބަޔަކު އަންނަނީ ނެތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ. އަދި ކޮވިޑް-19 އާއި ދެކޮޅަށް ނެތަންޔާހޫގެ ސަރުކާރުން އަޅާ ފިޔަވަޅުތަކަށްވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މީގެ އިތުރުން ނެތަންޔާހޫ އާއި ދެކޮޅަށް އިޒްރޭލުގެ ކޯޓަކުން ރިޝްވަތުގެ މައްސަލައެއްގައި ދަނީ ޝަރީއަތްވެސް ކުރަމުންނެވެ. ނަމަވެސް ނެތަންޔާހޫ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.

މިހާތަނަށް އިޒްރޭލުންވަނީ ކޮވިޑް-19 ގެ 264،000 އަށްވުރެ ގިނަ ކޭސްތައް ރެކޯޑުކޮށްފައެވެ. މީގެ ތެރެއިން 191،000 އަށްވުރެ ގިނަ ބަޔަކު ރަނގަޅުވެފައިވާއިރު، 1700 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް