ads
ބޯޑަރު ހުޅުވުމުން ރާއްޖެއަށް ފަތުރުވެރިން އައުން-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިން 25 ޕަސަންޓު އިތުރުވެއްޖެ
ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ގޮސް، މިދިޔަ މަހު ޓޫރިސްޓް އެރައިވަލްސް އޭގެ ކުރީ މަހާ އަޅާ ބަލާއިރު 25 ޕަސަންޓު އިތުރުވެއްޖެ އެވެ.

އިމިގްރޭޝަނުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ސެޕްޓެމްބަރު މަހު ރާއްޖެ އައިސްފައި ވަނީ 9،538 ފަތުރުވެރިންނެވެ. އޭގެ ކުރީ އޮގަސްޓް މަހު އައީ 7،628 ފަތުރުވެރިންނެވެ. އެހެންކަމުން އޮގަސްޓާ އަޅާ ބަލާއިރު ސެޕްޓެމްބަރު ފަތުރުވެރިން އައި މިންވަރު 25 ޕަސަންޓު އިތުރެވެ. 

ޖުމްލަ 2،065 މީހުންނާއެކު މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ރަޝިއާ އެވެ. ސެޕްޓެމްބަރު 11 ވަނަ ދުވަހު ވަނީ އެއިރޮފްލޮޓްގެ ދަތުރުތައް ސީދާ ރާއްޖެ އާއި ރަޝިއާއާ ދެމެދު ފަށާފަ އެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫއޭއީ އިންނެވެ. އެ ގައުމުން 1،029 މީހަކު ސެޕްޓެމްބަރު މަހު ރާއްޖެ އައިސްފައި ވެއެވެ. އޭގެ އިތުރުން އެމެރިކާގެ 935 މީހުންނާއި، ޔޫކޭ 625 މީހުން އަދި ސްޕެއިންގެ 466 މީހުން ވެސް މިދިޔަ މަހު ރާއްޖެ އައެވެ.

މާޗް މަހުން ފެށިގެން ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ފަހު، ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލީ ޖުލައި 15 ގައެވެ. އެއަށްފަހު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 18،596 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް