ފިނި މޫސުމަށް ހާއްސަކޮށް ފަށާ ދަތުރުތައް ލަންޑަނުން މާލެއަށް ކޮންމެ ހަފްތާއެއްގެ ތިން ދުވަހު ކުރުމަށް ހަމަޖެހިފައިވާ ބްރިޓިޝް އެއާވޭޒްގެ ވެބްސައިޓުގައި ވެއެވެ.
މި ދަތުރުތަކުގެ ޓްކެޓެއްގެ އަގު އުޅެނީ 100 ޔޫރޯ އާއި 935 ޔޫރޯއާ ދެމެދުގަ އެވެ. ކޮންމެ އަހަރަކު ވެސް ފިނި މޫސުމަށް ހާއްސަކޮށް ބްރިޓިޝް އެއާވޭޒް އިން ރާއްޖެއަށް ސީދާ ދަތުރު ކުރެ އެވެ.
ފިނި މޫސުމާއި އަހަރު ނިމުން އަދި އާ އަހަރުގެ ފެށުމަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.