ads
ފިނޭންސް މިނިސްޓްރީ--
އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް ދޫކޮށްފައިވަނީ 8648 މީހުނަށް
ކޮވިޑް-19 އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 8,648 މީހުންނަށް ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާލާ އިރު، އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 22،751 މީހަކު އެ އެލަވަންސަށް އެދި ހުށަހަޅާފައިވެއެވެ.

އޭގެތެރެއިން މިހާތަނަށް 8648 މީހަކަށް އެ އެލަވަންސް ދޫކޮށްފައިވާއިރު، އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވެއެވެ.

އެ އެލަވަންސް އަކީ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކޮންމެ މަހަކު ދޫކުރަމުން އަންނަ އެލަވަންސެކެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ އެލަވަންސްއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް