ads
މެމްބަރު އަހުމަދު ތޯރިޤް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޑރ. ވަހީދު ވެރިކަން ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރަން އުޅޭކަމަށް ތުހުމަތުކޮށްފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ރާއްޖޭގެ މިހާރުގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހު ބައެއް މެމްބަރުން ވާހަކަ ދައްކަވައިފި އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމު ގެންދާ މިސްރާބު ބަދަލުނުކޮށްފި ނަމަ ރައީސްގެ ދައުރުގެ ތެރެއިން "ނުރައްކާތެރި ކަންތައްތަކެއް" ފެންމަތިވެދާނެ ކަމަށެވެ. އަދި އެކަންކަން ރައީސްގެ ސަމާލުކަމަށް ގެންނަކަމަށް ތޯރިގް ވިދާޅުވި އެވެ. 

"އެކަންތައް ދިމާވީމާ ނުވަތަ ހާދިސާއެއް ހިނގީމާ ދެން ނިކުމެފައި އެއީ ޕޮލިސް އިމިއުނިޓީއެކޭ، ނުވަތަ އެއީ ބަގާވާތެކޭ ޑރ. ވަހީދަކީ މިވެނިމީހެކޭ އެވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ އޭރަކަށް."

ތޯރިގް ވިދާޅުވީ ދިވެހި ރައްޔިތުންނާއި ސިފައިން ރައީސްއާއި ބައްދަލުކުރާ ދުވަހެއް އަތުވެދާނެ ކަމަށެވެ. އެހެން ކަމުން ގައުމުގެ މިސްރާބު ބަދަލުކޮށްދިނުމަށް އެދޭކަމަށް ވިދާޅުވި އެވެ. 

ތޯރިގް މި ވާހަކަތައް ދެއްކެވުމާއި އެކު މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އެގޮތުން ހަލީމް ވިދާޅުވީ ޑރ. ވަހީދު ލައްވާ ބަގާވާތެއް ރާވާ ވާހަކަ މަޖިލީހުގައި ދެއްކުމުން ބިރު ގަންނަކަމަށެވެ. އަދި އެ ވާހަކަތަކަކީ ރައީސަށް ދެއްވި އިންޒާރެއްކަމަށް ދެކޭކަމަށް ހަލީމް ވިދާޅުވި އެވެ. 

ހަލީމް ވިދާޅުވީ ޕީޕީއެމްފަދަ ޑިމޮކްރަޓިކް ޕާޓީއެއްގެ ތެރޭގައި ބަގާވާތެއް ކުރުން ފަދަ ވިސްނުމެއް ޑރ. ވަހީދު ގެންގުޅޭތީ ހައިރާންވާކަމަށެވެ. އަދި ޕީޕީއެމް ރަނގަޅު ގޮތުގައި ހިނގަން ބޭނުންވާކަމަށާއި އެހެންކަމުން ޑރ. ވަހީދު ޕީޕީއެމުން ދުރުކުރުމަށް ގޮވާލާކަމަށް ހަލީމް ވިދާޅުވި އެވެ. 

ހަލީމްގެ ވާހަކަތަކަށްފަހު ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ޕީޕީއެމުން ބަގާވާތެއް ނުކުރާނެ ކަމަށެވެ. އަދި ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިންކަމަށް ތޯރިގް ވިދާޅުވި އެވެ. 

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް