ފުލުހުން ބުނީ މާލޭގެ ފާމުދޭރި މަގުގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 15:30 ގައި ކަމަށެވެ.
އެގޮތުން އިމާރާތުން ވެއްޓުނީ ބިދޭސީއެއް ކަމަށާއި އެމީހާއަށް މެޑިކާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެކަމަކު އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.