ads
ގައުމީ ވޯލީކޯޗް އާއި ޓްރެއިނަރު. ފޮޓޯ: އެމްއޯސީ
ވޮލީބޯޅަ ޓީމުގެ ކޯޗަށް ކުރެވުނު ހަރަދާއި އަޅާބަލާއިރު ކުރެވުނު މަސައްކަތް ވޯތެއް ނޫން: މުހައްމަދު ސާޖިދު
ގައުމީ ވޮލީބޯޅަ ޓީމަށް ގެނައި ސާބިއާގެ ކޯޗް މި މިލޮރަޑް ކިޔާޗް އާއި އޭނާގެ ޓްރެއިނަރު ކިޔަޗް ރަޑޯވަން އަށް ކުރެވުނު ހަރަދާއި އަޅާބަލާއިރު ކުރެވުނު މަސައްކަތް ވޯތް ނޫންކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ހެޑްކޯޗް އަދި ކުރީގެ ގައުމީ ކެޕްޓަން މުޙައްމަދު ސާޖިދު ބުނެފިއެވެ.

ސީއެންއެމް އާއި ވާހަކަ ދައްކަމުން ކޯޗް މުހައްމަދު ސާޖިދު ބުނީ، ގައުމީ ވޮލީބޯޅަ ޓީމަށް ބޭރު ކޯޗެއް މުހިންމު ކަމަށާއި، ނަމަވެސް ސާބިއާގެ ކޯޗާއި ޓްރެއިނަރު ގެނެސްގެން ކުރެވުނު މަސައްކަތާއި ޓީމަށް ކުރިއެރުން ލިބުނު މިންވަރާއިމެދު ހިތްހަމަ ނުޖެހޭކަމަށެވެ. އެގޮތުން ކޯޗާއި ޓްރެއިނަރަށް ބޮޑު ހޭދައެއް ސަރުކާރުން ކުރިއިރު، ހާލަތު ނިހާޔުކުރިގޮތުން ވޮލީބޯޅަ ހުއްޓުމަކަށް އައިސް ނަތީޖާ ނުނެރެވުނީކަމަށް މުހައްމަދު ސާޖިދު ފާހަގަކުރި. 

ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އިސްނެންގެވުމުގެ މަތީން، ދުނިޔޭގެ ފެންވަރުގެ ކޯޗަކާއި ޓްރެއިނަރެއް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމެއް ގެނައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ކޯޗާއި ޓްރެއިނަރަށް މަހެއްގެ މައްޗަށް 8000 ޔޫރޯއަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިއިރު، މިދިޔަ ނޮވެމްބަރު މަހު ކޯޗާއި ޓީމު ހަވާލުކުރީ ރައްޖެއަށް ވޮލީބޯޅައިން އަނެއްކާވެސް މެޑަލްއެއް ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ހާލަތު ނިޔާކުރިގޮތުން ކޯޗުގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ޓީމަށް ވާދަކުރެވުނީ ބައިނަލްއަގްވާމީ އެންމެ މުބާރާތެއްގައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްއެވެ. 

your imageސައުތް އޭޝިއަން ގޭންސްގެ ތެރެއިން. ފޮޓޯ: އެމްއޯސީ

އެމުބާރާތުގައި ޓީމު ވާދަކުރި ދެމެޗުންވެސް ބަލިވިނަމަވެސް ކުޅުން ރަނގަޅުކޮށްފައިވާކަން ފާހަގަކޮށް ދެން އެންމެ ބޮޑު އަމާޒަކަށް ހެދީ މިއަހަރުގެ ސެންޓްރަލް ޒޯން މުބާރާތުން މެޑަލްއެއް ހޯދުމަށެވެ. އެގޮތުން ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ކޯޗާއިއެކު ޓީމު ވަނީ ސާބިއާގައި ޓްރެއިިނިން ކޭމްޕެއްވެސް ފުރިހަމަކޮށްފައެވެ. އެއީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ސާބިއާގައި ފުރިހަމަކުރި ދެވަނަ ޓްރެއިނިން ކޭންޕެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން އޮތް އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، މިހާރު ގައުމީ ކޯޗް ސާބިއާގެ މިލޮރާޑް އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ހަމަވެފައެވެ. 

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވަގުތީގޮތުން ހިންގެވުމާއި އިސްކޮށް ހުރި ފަރާތެއްގެ ހައިސިއްޔަތުން، ބޮޑު ހަރަދެއް ކޮށްގެން ކުރެވުނު މަސައްކަތާއިމެދު ހިތްހަމަޖެހޭތޯ ސުވާލުކުރުމުން މުހައްމަދު ސާޖިދު ބުނީ، އެސޯސިއޭޝަންގެ ފަރާތުން އެއްޗެއް ބުނަން ނޭންގެ ކަމަށާއި، ނަމަވެސް އަމިއްލަ ހައިސިއްޔަތުން އެއްޗެއް ބުނާނަމަ، ކޯޗު ގެނެސްގެން ކުރެވުނު މަސައްކަތް ވޯތު ނޫންކަމަށެވެ. 

ގައުމީ ފިރިހެން ޓީމަށް މެޑަލްއެއް ނުހޯދުނު ނަމަވެސް އަންހެން ޓީމުން ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުން ރިހިމެޑަލް ހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ވޮލީބޯޅައިގެ ތާރީހުގައިވެސް ގައުމީ އަންހެން ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މި ކާމިޔާބީގައި ސާބިއާގެ ކޯޗާއި ޓްރެއިނަރުގެ ހިއްސާއާއިމެދު ސުވާލުކުރުމުން މުހައްމަދު ސާޖިދު ބުނީ، އެއީ ދިވެހިންގެ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށާއި، ސާބިއާގެ ކޯޗުންނާއިއެކު ޓީމަށް ފަރުތަކުރެވުނީ މުބާރާތުގެ ކުރިން އެންމެ ފަނަރަ ވަރަކަށް ދުވަހު ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ޓީމުގެ ފަރިތަކުރުންތަށް ކުރުމުގައާއި މުބާރާތުގައިވެސް އިރުޝާދުދިނީ ދިވެހި ކޯޗުންކަން މުހައްމަދު ސާޖިދު ފާހަގަކުރިއެވެ. 

your imageގައުމީ އަންހެން ވޮލީބޯޅަ ޓީމް. ފޮޓޯ: ވީއޭއެމް

ކޯވިޑް-19 އާއި ގުޅިގެން ވޮލީބޯލަ މުޅިން ހުއްޓުމަކަށް އައިސްފައި ވާއިރު މިއަހަރަށް އެސޯސިއޭޝަނުން ތާވަލުކޮށްފައިވާ މުބާރާތްތަށްވެސް ވަނީ ކެންސަލް ކޮށްފައެވެ. އަނެއްކޮޅުން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ގާނޫނީ ގޮތުން ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް