ޖަމީލް ވަނީ ހުކުމް އިއްވުމުގެ ކުރިން އަދީބު ގޭބަންދަށް ދޫކޮށްލުމުންވެސް ކަންބޮޑުވުންތަކެއް ފާޅުކޮށް އަށްސަތޭކަ އަހަރުގެ ހުކުމެއް އަންނަން އޮތް މީހާގެ ނުރައްކަލެއް މުޖުތަމައުއަށް ނެތީތޯ ސުވާލުކުރައްވާފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާ އެއް އުފުލާފައިވާއިރު އެހުރިހާ ދައުވާއަކަށްވެސް އޭނަވަނީ އިއުތިރާފްވެފައެވެ. އަދި ހުކުމުގެ ކުރިން އިއްވި އިބްތިދާއީ އަޑުއެހުމުގައި އޭނަވަނީ އެކަމުގައި ކަނޑައަޅާދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅާދިނުމަށްވެސް އެދިފައެވެ.
ދެ ގަޑިއިރަށް ދިގު ލައިގެން ދިޔަ ހުކުމް ކުރުމުގެ ޝަރީއަތުގައި އަދީބުގެ މައްޗަށް ޖުމުލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު 2 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށް އެފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;