ދިރާގުން މިގޮތަށް އެދިފައި މިވަނީ ގިނަ ބަޔަކަށް ބޭރުގެ ނަމްބަރަކުން މިސްކޯލް ދެމުންދާތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ޕޯސްޓްތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ދިރާގުން ބުނީ ބައެއް ކަސްޓަމަރުންނަށް ބޭރުގެ ނަމްބަރަކުން ގުޅަމުން އަންނަ ކަމަށާއި އަދި މެސެޖްކޮށް ގުޅުމަށް އެދެމުން އަންނަ ކަމަށެވެ.
އެހެންކަމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ދިރާގުން ވަނީ ބޭރުގެ ނުދަންނަ ނަމްބަރުތަކުން ގުޅުމުން ޖަވާބު ނުދިނުމަށް ވެސް އެދިފަ އެވެ.
ރަޝިއާގެ އެ ނަމްބަރުން ގިނަ ބަޔަކަށް ގުޅަމުން އަންނައިރު މީގެ ކުރިން ފުލުހުން ވެސް ވަނީ އެގޮތަށް އަންނަ ކޯލްތަކަށް ޖަވާބު ނުދޭން އެދިފަ އެވެ. އަދި އެއީ ގަސްދުގައި ގެއްލުމެއް ދިނުމަަށް ކުރާ ކޯލްތަކަކަށް ވެދާނެތީ އެކަމަށް ސަމާލުވުމަށް ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.