ކޮލަންބިއާއަށް އުފަން ސޯފިޔާ އަކީ ޑައިވިންއިން ދުނިޔޭގެ ރިކޯޑް އޮތް ފްރީ ޑައިވާއެކެވެ.
މާނައަކީ ޑައިވްކުރުމަށް ސޮފިޔާ އެއްވެސް އެކިއުޕްމެންޓެއް ބޭނުމެއް ނުކުރެއެވެ. ސޮފިޔާ ބޭނުން ކުރަނީ ބަރު އެންމެ ގާގަނޑެކެވެ.
އެ ގާގަނޑު އޭނަ ބޭނުންކުރަނީ ކަނޑުގެ އަޑިއަށް ވާސިލުވުމަށްޓަކައެވެ. ކަނޑުއަޑީގެ ގާތްގަނޑަކަށް 60 ފޫޓް އަޑިއަށް ދެވުމުން އޭނަ ފަށަނީ ފީނާކައަށް ނޫނެވެ. އެ ގާގަނޑާއިއެކު އޭނަ ފަށަނީ ކަނޑު އަޑީގެ ފަސްގަނޑުމަތީ ދުވާށެވެ.
މި ޓެކްނިކަށް ކިޔަނީ "އަންޑަ ވޯޓާ ރޮކް ރަނިން" އެވެ. ގިނަ މީހުން ބުނާ ގޮތުން މިކަމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ސޯޕިޔާ ގަބޫލުކުރާ ގޮތުން ނަމަ އިންސާނުންގެ ހަށިގަނޑަކީ ކޮންމެ ކަމެއް ކުރުމުގެ ގާބިލުކަން ހުރި އެއްޗެކެވެ.
އެހެންނަމަވެސް މިއީ އުނދަގޫ ކަމެކެވެ. އަދި ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަންތައްތަކެއް ވެސް ނޫނެވެ.
ސޯފިޔާގެ އެންމެ ހާއްސަ އެއް އުކުޅަކީ އޭނަ ފީނާއިރު އެއްވެސް ވަރަކަށް ނޭވާލުމަށްޓަކައި އޮކްސިޖަން ފުޅިވެސް ބޭނުން ނުކުރުމެވެ. ގިނަ ބަޔަކު "ރިއަލް މާމެއިޑް" ގެ ގޮތުގައި ސިފަކުރާ ސޯފިއާ އަށް ކަނޑުއަޑީގައި އެތައް އިރެއް ނޭވާ ހިފަހައްޓާލައިގެން ފީނުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ.