އެގޮތުން އެނާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ގޯތަމް ކިޗްލޫ ނަމަކަށް ކިޔާ ވިޔަފާރިވެރިޔަކާ އެވެ. ގޯތަމްއަކީ އަމިއްލަ ވިޔަފާރި ކުރަމުން، އިންޓީރިއާ ޑިޒައިން، ޓެކް އަދި އެހެން ޑިޒައިންތައް ވެސް ކުރަމުންދާ މީހެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މުމްބާއީގަ އެވެ. މިއީ ލޮކްޑައުނަށް ފަހު އިންޑިއާގެ ސެލެބްރިޓީއަކު މުމްބާއީގައި ކައިވެނި ކުރާ ފުރަތަމަ ފަހަރެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ ކައިވެނި ހަފްލާގައި ބައިވެރިވާނީ އެ ދެމީހުންގެ އާއިލާ އާއި ގާތް އެކުވެރިން އެކަންޏެވެ. އެ މީހުންގެ ގުޅުމާ ބެހޭ މާ ބޮޑު ތަފްސީލެއް އާއްމުވެފައި ވާއިރު، އެއީ "އެރޭންޖްޑް ލަވް މެރިޖް" އެއް ކަމަށް ވެއެވެ.
ކާޖަލް ދެން އެންމެ އަވަހަށް ފެންނާނީ ކަމާލް ހާސަން އާއެކު "އިންޑިއަން 2" އިންނެވެ. އެ ފިލްމުގެ ރާކުލް ޕްރީތް ސިންގް ވެސް އުޅެ އެވެ.